ނަންނާރި
Appearance
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/d/d2/Hemidesmus_scandens.jpg/200px-Hemidesmus_scandens.jpg)
ނަންނާރި(ސައިންޓިފިކް ނަން: Hemidesmus indicus)ނުވަތަ (އިނގިރޭސި ބަހުން: Indian Sarsaparilla) އަކީ ބޭހަށް ބޭނުންކުރާ ފަތްޕިލާ ވެލީގެ ބާވަތެކެވެ. ބޭސްވެރިކަމުގެ ބޭނުންކުރެވޭ ބައެއް ބޭސްތައް އުފެއްދުމަށް ވެސް ނަންނާރި ބޭނުން ކުރެވެއެވެ. ހަށިގަނޑުން ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް ފަސޭހަ ކޮށްދީ، އަދި ހަށިގަނޑުގައި ބައިލް ދައުރުވުމަށް ބާރުއަޅައިދީ، ހަށިގަނޑު ތަފާތު ބާވަތްތަކުގެ ވިހަތަކުން ސާފުކޮށްދެއެވެ. ނަންނާރި އަކީ ޚާއްޞަ ގޮތެއްގައި އިންޑިޔާގައި ހެދޭކަމަށް ފާހަގަ ކުރެވިފައިވާ ފަތްޕިލާ ވެއްޔެކެވެ. ހަންގަނޑާއި ކުޑަކަމުދާ ނިޒާމް ގެ ތަފާތު ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ހަކީމީ ބޭސްވެރިކަމުގައި ނަންނާރި ބޭނުންކޮށް އުޅެއެވެ.