ބަނބުކެޔޮ
Appearance
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/5/58/Artocarpus_altilis.jpg/250px-Artocarpus_altilis.jpg)
ބަނބުކެޔޮ އަކީ ފަލަމަޑީގެ ބާވަތެކެވެ. ބަނބުކެޔޮ އަޅަނީ ފަތް ބޮޑެތިބިޔަ ގަހެއްގައެވެ. މިހުންނަނީ ސައްކޭލަށް ވުރެ އޮމާންކޮށް އެގޮތަށް ބޭރުގައި އުން ޖަހާފައެވެ. ބަނބުކެޔޮ ގަސް 20 މީޓަރަށްވުރެ ވެސް އުހަށް ހެދޭކަމަށް ވެއެވެ. މިއީ ސައްކެޔޮ އާއި އެއްއާއިލާގެ ފަލަމަޑީގެ ބާވަތެކެވެ. ބަނބުކޭލަކީ ރާއްޖޭގައި އެއިން ވަރަށް ގިނަ ބޭނުންތައް ކުރާ އެއްޗެކެވެ. އެގޮތުން ބަނބުކެޔޮ ފެނު ކައްކައިގެންނާއި، ބަނބުކޭލުން ރިހަ ކައްކައިގެންނާއި، ތަފާތު ބާވަތްތަކުގެ ފޮނި ކާތަކެތި ހަދައިގެން ބޭނުން ކުރެއެވެ. މީގެ އިތުރުން ބަނބުކެޔޮ ކުދިކޮށް ކޮށައި ތެލުލައިގެން ތެލުލި ބަނބުކެޔޮ ނުވަތަ ތަރަފަނަ ހަދައެވެ.