ކާތަކެތި ހިގާ ހޮޅީގެ ކެންސަރު
Appearance
ކާތަކެތިހިނގާ ހޮޅި އަކީ އަނގައާއި ބަނޑާއި ގުޅުވައިދޭ ހޮޅިއެވެ. ކާތަކެތި ބަނޑަށްދަނީ މިހޮޅީގެ ތެރެއިންނެވެ.
ސަބަބު[އުނިއިތުރު ގެންނަވާ]
- ހަވާދުގެ ބާވަތްތައް ގިނައިން އެކުލެވިފައިވާ ކާނާ ކެއުމާއި، ކުޅިގަދަކޮށް ތައްޔާރުކޮށްފައިވާ ކާނާއާއި ސަރުބީ ގިނައިން އެކުލެވޭ ކާނާ ކެއުން
- ދުންފަތުގެ އިސްތިއުމާލުކުރުން
- ވިޓަމިންގެ މާއްދާތައް ބޭނުންކުރުން މަދުވުން
ކެއުމުގެ ތެރޭގައި ވިޓަމިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ ކާތަކެތިހިނގާ ހޮޅީގެ އެތެރޭގެ ތެތްދުލިފަށް ތައް ހަލާކުވިޔަނުދިނުމަށް އެހީވެދޭނެ ކަމެކެވެ.
އަލާމާތްތައް[އުނިއިތުރު ގެންނަވާ]
- އޮއްޓަރުކާނާ އަދި އޮލަކޮށް ހުންނަކާނާ ދިރުވަން އުދަގޫވުން
- މޭގެ މެދެއްހާ ހިސާބަށާއި އެހިސާބުން ބުރިކައްޓަށް ތަދުވުން
- ބަރުދަން ލުއިވުން
- ކައިގެން މާގިނައިރުނުވެ ހޮނޑުލެވުން އަދި ބައެއް ފަހަރު ހޮނޑުގައި ލޭހުރުން
ފަރުވާ[އުނިއިތުރު ގެންނަވާ]
- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]
- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005