އޯބަތް
Appearance
![](http://chped.net/https/upload.wikimedia.org/wikipedia/dv/thumb/5/5e/Obai.jpg/200px-Obai.jpg)
އޯބަތް(ސައިންޓިފިކް ނަން: Trigonella foenum-graecum)ނުވަތަ (އިނގިރޭސި ބަހުން: Fenugreek) އަކީ މިނާ ބޭހުގެ ބާވަތެކެވެ. މިއީ ފެނަށްލީމާ މަސްލާ ކުދިއޮށެކެވެ. ބައެއް މީހުން އޯބަތް ރިހަ ކެއްކުމުގެ ތެރޭގައި ރިހައަށް ލައިވެސް އުޅެއެވެ. އެހެން ކަމުން އޯބަތް އަކީ ބޭސް ފަތްޕިލާވެއްޔެއްގެ ގޮތުގައި ވެސް އަދި ހަވާދުގެ ބާވަތެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.
އޯބަތް އޮށަކީ ހަވާދު ހެދުމަށާއި، އަސާރަ ފަދަ ތަކެތި ހެދުމަށް އަދި ހަވާދު ފުނޑާއިރު އެޅުމަށް ބޭނުންކުރާ އެއްޗެކެވެ. އާންމު ގޮތެއްގައި އޯބަތް ބޭނުންކުރަނީ ދެކުނު އޭޝިޔާގެ ގައުމުގެ ކެއުންތައް ތައްޔާރު ކުރުމަށެވެ. އޯބަތް ގަހުގެ ފަތާއި ތަނޑުގަނޑު ފަދަ ތަކެތި ރޯ ތަރުކާރީގެ ގޮތުގައި ކައިއުޅެއެވެ. ޚާއްޞަކޮށް ތަފާތު ކެއުންތަކުގައި ރަހަ ޖެއްސުމަށް އޯބަތް ފަތް ބޭނުންކޮށް އުޅެއެވެ.