ވަށްފުފުޅި
Appearance
![](http://chped.net/https/upload.wikimedia.org/wikipedia/dv/thumb/a/aa/Acalypha%2Bindica.png/200px-Acalypha%2Bindica.png)
ވަށްފުފުޅި(ސައިންޓިފިކް ނަން: ACALYPHA INDICA)ނުވަތަ (އިނގިރޭސި ބަހުން: Indian Nettle) އަކީ ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔެކެވެ. ވަށްފުފުޅީގެ ފަތް ހުންނާނީ ވަށްކޮށެވެ.އަދި މާ ހުންނާނީ ފެހި ކުލައިގައި ގޮނިކޮންނެވެ. މާ ނުކުންނާނީ ފަތު ބުޑުންނެވެ. ހަކީމީ ބޭސްވެރިކަމުގެ ތެރޭގައި ވަރަށް ގިނަ ބަލިތަކަށް ފަރުވާ ކުރުމަށް ވަށްފުފުޅި ބޭނުންކޮށް އުޅެއެވެ. އެގޮތުން ހަޖަމުކުރާ ނިޒާމް އަދި ނޭވާލާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމަށް ވަށްފުފުޅި ބޭނުންކޮށް އުޅެއެވެ. މިހާރު ވެސް އިންޑިޔާ ފަދަ ގައުމުތަކުގައި ކޮށްއުޅޭ ހަކީމީ ބޭސްވެރިކަމުގެ ތެރޭގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ފަތްޕިލާ ވެއްޔަކީ ވަށްފުފުޅި ކަމުގައި ބުނެވެއެވެ. ވަރަށް ގިނަ ބޭސްތައް ވަށްފުފުޅި ގަހުގެ ފަތް ބޭނުންކޮށްގެން އުފައްދާފައި ހުރެއެވެ.