މަޚުމާ
Appearance
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/f/f0/CelosiaCristata.jpg/200px-CelosiaCristata.jpg)
މަޚުމާ(ސައިންޓިފިކް ނަން: Celosia cristata)އަކީ މަޑު، އޮމާން، އަދި އޮފުއަރާ ގޮތެއް ހުންނަ ބޮނޑިމަލެކެވެ. މަޚުމާ އަކީ އާންމުކޮށް ހޫދު ހިސާބުތަކުގައި ހެދޭކަމަށް ފާހަގަކުރެވިފައިވާ ގަހެކެވެ. މަޚުމާގެ ފަތާއި، މާ ތަރުކާރީގެ ގޮތުގައި ދުނިޔޭގެ ބައެއް ހިސާބު ތަކުގައި ބޭނުންކުރެއެވެ. މަޚުމާ ކާނާގެ ބާވަތެއް ގޮތުގައި ބަލައިގެން ހައްދައި އުޅެނީ ހުޅަގު އެފްރިކާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައެވެ. މަޚުމާގެ ތަފާތު ކުލަތައް ހުރެއެވެ. އެންމެ އާންމުކޮށް ހުންނަނީ ކަޅުރަތްކުލައިގެ މަލެވެ. ނަމަވެސް ރީނދޫ ކުލަ އާއި އަދި މިނޫން ކުލަތަކުގެ މަޚުމާ ވެސް ހުންނަކަން ފާހަގަ ކުރެވެއެވެ.