ތަކޫވައް
Appearance
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/3/3b/Muscade.jpg/200px-Muscade.jpg)
ތަކޫވައް(އިނގިރޭސި ބަހުން: Myristica)ނުވަތަ (އިނގިރޭސި ބަހުން: Nutmeg) އަކީ ދިވެހިބޭހަށާއި ބައެއް ކާއެއްޗިއްސަށް ލާން ބޭނުންކުރާ އެއްޗެކެވެ. މިއީ މަތިކަރާބޭހުގެ ބާވަތެކެވެ. ތަކޫވަކުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ތަކޫވައް އިން އުފައްދާ ތެލަކީ ތަފާތު ވައްތަރުތަކުގެ އަތަރާއި ސެންޓް ފަދަ ތަކެތި އުފެއްދުމުގައި ބޭނުން ކުރާ އެއްޗެކެވެ. ތަކޫވަކުން އުފައްދާ ތެޔޮ ހުންނަނީ ސާފު ނުވަތަ މަޑު ރީނދޫ ކުލައެއްގައެވެ. ތަކޫވަކުން ބަޓަރު ވެސް އުފައްދައެވެ. ކެއްސުމަށް ހުންނަ ބައެއް ކަހަލަ ސިރަޕް ތަކާއި، އަދި ދަތްއުގުޅުމަށް ހުންނަ ބައެއް ކަހަލަ ބޭސްތައް އުފެއްދުމުގައި ތަކޫވައް ތެޔޮ ބޭނުންކުރާ ކަމަށް ވެއެވެ. ޙަކީމީ ބޭސްވެރިކަމުގައި ނާރުތަކުގެ ނިޒާމް އަދި ހަޖަމްކުރާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމުގައި ތަކޫވައް އަދި ތަކޫވައް ތެޔޮ ބޭނުންކޮށްފައި ވެއެވެ.