Jump to content

ކެމަރޫން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Republic of Cameroon
République du Cameroun
Flag of Cameroon
Flag
Tricolor shield before two crossed fasces. Its center is an inverted red kite shape covered with a purple outline of Cameroon below a gold star, with the scales of justice superimposed. Its left is green and its right is gold. Banners with fine print are above and below.
Emblem
މޮޓޯ: "Paix - Travail - Patrie"  (French)
"Peace - Work - Fatherland"
ގައުމީ ސަލާމް: Ô Cameroun, Berceau de nos Ancêtres  (French)
O Cameroon, Cradle of our Forefathers 1
Political map of central Africa with Cameroon in red. An inset shows a world map with the main map's edges outlined.
ވެރިރަށްYaoundé
Largest cityDouala
ރަސްމީ ބަސްތައްFrench, English
ޑިމޮނިމްCameroonian
ސަރުކާރުRepublic
• President
Paul Biya
Philémon Yang
Independence 
from France and the UK
• Date
1 January 1960, 1 October 1961
ސަރަޙައްދު
• Total
475,442 km2 (183,569 sq mi) (53rd)
• Water (%)
1.3
އާބާދީ
• 2009 estimate
19,522,000[1] (58th)
• 2003 census
15,746,179
• Density
42.1/km2 (109.0/sq mi) (167th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$41.467 billion[2]
• ބޮލަކަށް ޖެހެނީ
$2,139[2]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$23.732 billion[2]
• ބޮލަކަށް ޖެހެނީ
$1,224[2]
ޖިނީ (2001)44.5
medium
އެޗްޑީއައި (2007) 0.532
Error: Invalid HDI value (144th)
ފައިސާCentral African CFA franc (XAF)
ޓައިމް ޒޯންޔޫޓީސީ+1 (WAT)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+1 (not observed)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް237
އައިއެސްއޯ 3166 ކޯޑްCM
އިންޓަރނެޓް ޓީއެލްޑީ.cm
  1. These are the titles as given in the Constitution of the Republic of Cameroon, Article X. The French version of the song is sometimes called "Chant de Ralliement", as in National Anthems of the World, and the English version "O Cameroon, Cradle of Our Forefathers", as in DeLancey and DeLancey 61.

ރިޕަބްލިކް އޮފް ކެމަރޫން އަކީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ކެމަރޫންގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހާއި، އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން ކެމަރޫންގެ މީހުންނަށް ކިޔަނީ ކެމަރޫނިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޑުއާލާއެވެ. ޤައުމުގެ ވެރިރަށަކީ ޔައުންޑޭއެވެ. ކެމަރޫނަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 19 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 58 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.5 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ cm. އެވެ. ކޯލިން ކޯޑަކީ +273 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސެންޓްރަލް އެފްރިކަން ސީ.އެފް.އޭ ފްރޭންކްއެވެ.

ނަން[އުނިއިތުރު ގެންނަވާ]

ކެމަރޫންގެ ނަން ނިސްބަތްވަނީ އެ ޤައުމުގެ ހުޅަނގު ދެކުނުގައި ހުންނަ މައުންޓް ކެމަރޫން ފަރުބަދައަށެވެ. މި ނަން އައިސްފައިވަނީ ޕޯޗުގީޒު ބަހުން ޕްރޯންސްއަށް ކިޔާ ނަމުންނެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ކެމަރޫންގެ ހުޅަނގުން އޮތީ ނައިޖީރިއާއެވެ. އިރުއުތުރުގައި އޮތީ ޗާޑެވެ. އިރުމަތީގައި އޮތީ ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ދެކުނުގައި އޮތީ އީކުއޭޓޯރިއަލް ގީނީ، ގެބޯން، އަދި ރިޕަބްލިކް އޮފް ދަ ކޮންގޯއެވެ. ކެމަރޫނަކީ ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގެ 53 ވަނައަށް އެންމެ ބޮޑު ޤައުމެވެ. ޕަޕުއާ ނިއު ގިނީއާ ގާތްގަނޑަކަށް އެއްވަރު ކެމަރޫން، އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓަށްވުރެ ތަންކޮޅެއް ބޮޑެވެ. އެފްރިކާ ބައްރުން ފެންނަ ހުރިހައި މޫސުމަކާއި ބިމުގެ ތަފާތެއް ކެމަރޫނުން ފެނެއެވެ. އެހެން ކަމުން ކެމަރޫނަށް “އެފްރިކާ މިނިއޭޗަރ” އޭ ވެސް ކިޔައެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

މިއަދު ކެމަރޫންގެ ގޮތުގައި އޮތް ސަރަޙައްދުގައި އެންމެ ފުރަތަމައަށް މީހުން އާބާދުވެފައިވަނީ ނިއޮލިތިކް ޕީރިއަޑްގައެވެ. މި ސަރަޙައްދުގައި ވަޒަންވެރިވި މީހުންގެ ތެރެއިން މިއަދާ ހަމަޔަށް އެންމެ ގިނަ ދުވަހު ވަޒަންވެރީންގެ ގޮތުގައި ތިބީ ބަކާ ނަސްލުގެ މީހުންނެވެ. ޕޯޗުގީޒުން ކެމަރޫންގެ އައްސޭރިއާ ހަމަޔަށް އައިސްފައިވަނީ މީލާދީން 1472 ވަނަ އަހަރުހާ ތާގައެވެ. ވޫރީ ކޯރުން ޕޯޗުގީޒުންނަށް ޕްރޯންސްގެ ޚަޒާނާއެއް ފެނުނެވެ. މިކަމާ ގުޅިގެން ޕޯޗުގީޒު މީހުން އެ ކޯރަށް “ޕްރޯންސްގެ ކޯރު”ގެ ނަމުން ނަން ދިނެވެ. މީލާދީން 15 ވަނަ ޤަރުނަކީ ވިލާތު މީހުން އައްސޭރިތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދެމުން ދިޔަ ދުވަސްވަރެކެވެ. މި ދުވަސްވަރު ނަޞާރާ ދީނުގެ މުބައްޝިރުން (މިޝަނަރީން) އެ ދީން ފެތުރުމުގެ މަސައްކަތުގައި އެފްރިކާ އާއި އަދި އެހެނިހެން ބައްރުތަކުގެ ވެސް އައްސޭރި ފަށަށް ޒިޔާރަތް ކުރަމުން ދިޔައެވެ. 19 ވަނަ ޤަރުނުގެ ތެރޭގައި ޖަރުމަނުން މި ބިމަކީ އެމީހުންގެ ތަނެއް ކަމަށް ދަޢުވާކުރިއެވެ. 1884 ވަނަ އަހަރުން ފެށިގެން ޖަރުމަނުން ދިޔައީ ކެމަރޫންގެ ބައެއްގައި އެމީހުންގެ ވެރިކަން ހިންގަމުންނެވެ. އެމީހުންވަނީ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނުން ބަލިވުމުން ކެމަރޫން ވެގެން ދިޔައީ ލީގު އޮފް ނޭޝަންސް މެންޑޭޓް ޓެރިޓަރީއަކަށެވެ. އަދި 1919 ވަނަ އަހަރުގައި ފަރަންސޭސި ކެމަރޫން އާއި އިނގިރޭސި ކެމަރޫންގެ ގޮތުގައި ބައިކުރެވުނެވެ. ފަރަންސޭސީން ދިޔައީ އެމީހުންގެ ދަށުގައި އޮތް ބައި ތަރައްޤީ ކުރުމުގައި މަސައްކަތް ކުރަމުންނެވެ. އިނގިރޭސީންގެ ދަށުގައި އޮތް ބައި ހިންގަމުން ދިޔައީ އަވަށްޓެރި ނައިޖީރިޔާގެ ދަށުންނެވެ. ކެމަރޫނަށް ފަރަންސޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 1 ޖަނަވަރީ 1960 ގައެެވެ. އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 1 އޮކްޓޯބަރު 1961 ގައެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

ކެމަރޫންގެ އާބާދީގެ 40% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 40% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ. 20% މީހުންނަކީ މުސްލިމުންނެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ކެމަރޫންގެ ސަގާފަތުގެ ތެރޭގައި ކެމަރޫންގެ އަދިވާސީންގެ ސަގާފަތާއި ކްރިސްޓިޔަނުންނާއި މުސްލިމުންގެ ސަގާފަތުގެ އަސަރު އެކުލެވިފައިވެއެވެ. ކެމަރޫނަކީ ކުޅިވަރުގައި ވަރަށް ފާހަގަކުރެވޭ ޤައުމެކެވެ. މި ގޮތުން އެންމެ ފާހަގަކުރެވެނީ ފުޓްބޯޅައެވެ. ކެމަރޫންގެ ފުޓުބޯޅަ ޓީމަކީ މުޅި އެފްރިކާ ބައްރުން ވެސް ހޮވާލެވޭ ފަދަ މަޝްހޫރު ޓީމެކެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ކެމަރޫންގެ އިޤްތިޞާދު އަންނަނީ ރަނގަޅު ވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2139 ޑޮލަރެވެ.

  1. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  2. 2.0 2.1 2.2 2.3 "Cameroon". International Monetary Fund. Retrieved 2009-10-01.