Jump to content

އެންގޯލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Republic of Angola
República de Angola
Flag of Angola
Flag
Coat of arms of Angola
Coat of arms
ގައުމީ ސަލާމް: Angola Avante!  (Portuguese)
Forward Angola!
Location of Angola
ވެރިރަށް
and largest city
Luanda
ރަސްމީ ބަސްތައްPortuguese
އާންމު ސަރަހައްދީ ބަސްތައްKongo, Chokwe, South Mbundu (Umbundu), North Mbundu (Kimbundu)
ޑިމޮނިމްAngolan
ސަރުކާރުPresidential republic
• President
José Eduardo dos Santos
Paulo Kassoma
• Date
November 11, 1975
ސަރަޙައްދު
• Total
1,246,700 km2 (481,400 sq mi) (23rd)
• Water (%)
negligible
އާބާދީ
• 2009 estimate
18,498,000[1]
• Census
5,646,177
• Density
14.8/km2 (38.3/sq mi) (199th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$105.078 billion[2] (62nd)
• ބޮލަކަށް ޖެހެނީ
$6,251[2] (98th)
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$84.945 billion[2] (62nd)
• ބޮލަކަށް ޖެހެނީ
$5,054[2] (82nd)
އެޗްޑީއައި (2007)0.564
Error: Invalid HDI value (143rd)
ފައިސާKwanza (AOA)
ޓައިމް ޒޯންޔޫޓީސީ+1 (WAT)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+1 (not observed)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް+244
އައިއެސްއޯ 3166 ކޯޑްAO
އިންޓަރނެޓް ޓީއެލްޑީ.ao

ރިޕަބްލިކް އޮފް އެންގޯލާއަކީ ދެކުނު މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

އެންގޯލާގެ ރަސްމީ ބަހަކީ ޕޯޗުގީޒު ބަހެވެ. އިނގިރޭސި ބަހުން އެންގޯލާގެ މީހުންނަށް ކިޔަނީ އެންގޯލަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ލުއަންޑާއެވެ. ޤައުމުގެ ވެރިރަށަކީ ވެސް ލުއަންޑާއެވެ. އެންގޯލާއަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 18 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 59 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.2 މިލިޔަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ao. އެވެ. ކޯލިން ކޯޑަކީ +244 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ކްވާންޒާއެވެ.

ނަން[އުނިއިތުރު ގެންނަވާ]

އެންގޯލާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް އެންގޯލާއެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

އެންގޯލާގެ ދެކުނުގައި އޮތީ ނެމީބިއާއެވެ. އުތުރުގައި އޮތީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. އިރުމަތީގައި އޮތީ ޒެންބިއާއެވެ. ހުޅަނގުގައި އޮތީ އެޓްލާންޓިކް ކަނޑެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

މީލާދީން 16 ވަނަ ޤަރުނުން ފެށިގެން 1975 ވަނަ އަހަރާ ހަމަޔަށް އެންގޯލާ އޮތީ ޕޯޗުގީޒުންގެ އޯވަރސީސް ޓެރިޓަރީއެއްގެ ގޮތުގައެވެ. 1975 ގައި މިނިވަންވުމަށް ފަހުގައި 2002 ވަނަ އަހަރާ ހަމަޔަށް އެންގޯލާ ވަނީ ނުރައްކާތެރި ދާޚިލީ ހަނގުރާމައެއް ތަޖުރިބާކޮށްފައެވެ. އެންގޯޯލާގައި އެންމެ ފުރަތަމައަށް ވަޒަންވެރިވެފައިވަނީ ޝިކާރަކުރާ ޤަބީލާތަކެއްގެ މީހުންކަމަށް ބުނެވެއެވެ. އޭގެ ފަހުން މި ސަރަޙައްދުގައި ވަޒަންވެރިވީ ބަންޓޫ ދަރިކޮޅުގެ މީހުންނެވެ. އެންގޯލާގެ ފުރަތަމަ ވަޒަންވެރީން ކަމުގައި ބެލެވޭ ޚޮއިސާން ދަރިކޮޅުގެ މީހުން މިއަދު ތިބީ ދެކުނު އެންގޯލާގެ ބައެއް ސަރަޙައްދުތަކުގައެވެ. އެންގޯލާއަށް ބަންޓޫ ދަރިކޮޅުގެ މީހުން އައިސްފައިވާ ކަމަށް ބެލެވެނީ މިއަދުގެ ކެމަރޫންގެ ގޮތުގައި އޮތް ސަރަޙައްދުންނެވެ. ޕޯޗުގީޒުންގެ ނަޒަރު އެންމެ ފުރަތަމަ އެންގޯލާއަށް ހުއްޓުނީ 15 ވަނަ ޤަރުނުގެ ތެރޭގައެވެ. އެއީ 1483 ގައި އެމީހުން ކޮންގޯ ސްޓޭޓާއެކު ގުޅުން ޤާއިމުކުރި ހިސާބުން ފެށިގެންނެވެ. އެންގޯލާއަކީ ޔޫރަޕާއި ދެކުނު އޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ ފާލަމަކަށް ބަދަލުވެގެން ދިޔައީ މި ދުވަސްވަރުއެވެ. ޕޯޗުގީޒުންގެ އެކްޕްލޯރަރއެއް ކަމުގައިވާ ޕައުލޯ ވަނީ 1575 ގައި ލުއާންޑާ ހޯދާފައެވެ. އެއީ ވަޒަންވެރިންގެ 100 އާއިލާ އާއި 400 ސިފައިންނާއެކުގައެވެ. މި މީހުން ޤާއިމުކުރި އަނެއް ތަނަކީ ބެންގުއޭލާއެވެ. އެއީ 1587 އިން 1617 އަށް ޕޯޗުގީޒުންގެ ކިއްލާއެއްގެ ގޮތުގައި ހުރުމަށް ފަހު، އޭގެ ފަހުން ޓައުނަކަށް ބަދަލުވިތަނެކެވެ. 1641 ވަނަ އަހަރުން ފެށިގެން 1648 ވަނަ އަހަރާ ހަމަޔަށް ލުއާންޑާ އޮތީ ޑަޗުންގެ އަތް ދަށުގައެވެ. ޕޯޗުގީޒުން ވަނީ އެންގޯލާގައި ގާތްގަނޑަކަށް ފަސް ޤަރުނު ވަންދެން އެމީހުންގެ ވެރިކަން ހިންގާފައެވެ. އެންގޯލާއަށް މިނިވަންކަން ލިބުނީ 11 ނޮވެންބަރު 1975 ގައެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

އެންގޯލާގެ މިނިވަންކަމުގެ ކުރީގައި އެ ޤައުމުގައި ޕޯޗުގީޒު ނަސްލުގެ 500000 އަށްވުރެ ގިނަ މީހުން ތިބި ކަމުގައި ވިޔަސް މިއަދު އެންގޯލާގައި ތިބީ ޕޯޗުގީޒު ނަސްލުގެ 30000 މީހުންނެވެ. އެންގޯލާގެ އާބާދީގެ 80% މީހުންގެ މާދަރީ ބަހަކީ ޕޯޗުގީޒު ބަހެވެ. އަނެއް 20% މީހުންގެ ދެވަނަ ބަހަކީ ޕޯޗުގީޒު ބަހެވެ. އެންގޯލާގެ އާބާދީގެ 53% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 46% މީހުންނަކީ އަދިވާސީ ދީންތަކަށް ތަބަޢަވާ މީހުންނެވެ. 0.6% މީހުންނަކީ މުސްލިމުންނެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

އެންގޯލާއަކީ ގާތްގަނޑަކަށް 500 ވަރަކަށް އަހަރުވަން ދެން ޕޯޗުގީޒުންގެ ވެރިކަން ކުރަމުން އައި ތަނެއް ކަމުގައިވާތީ، ޕޯޗުގަލް އާއި އެންގޯލާގައި ސަގާފީ ގޮތުން ވަރަށް ގާތްގުޅުންތަކެއް އޮވެއެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ އެންގޯލާގެ 80% މީހުންގެ މާދަރީ ބަހަކަށް ޕޯޗުގީޒު ބަސްވެފައިވާ ކަމެވެ. އެހެން ނަމަވެސް މޮކްސިކޯ ޕްރޮވިންސުގައި ސްޕެނިޝް ބަހުން ވާހަކަ ދައްްކާ މީހުން އެބަތިއްބެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ދާޚިލީ ހަނގުރާމަ ނިމުމަށް ފަހުގައި އެންގޯލާގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 6251 ޑޮލަރެވެ.

  1. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  2. 2.0 2.1 2.2 2.3 "Angola". International Monetary Fund. Retrieved 2009-10-01.